ލޮނުގެ އަސަރު ކުރުމުގެ ސަބަބުން އޮކްޓޫބަރު 31 ވަނަ ދުވަހު ފުވައްމުަލކު ފެން ޕްލާންޓްގައި މައްސަލަ ޖެހި، ފުވައްމުލަކުން ފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. ނަމަވެސް ފެނަކައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެން ޕްލާންޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި ވޯޓާ ނެޓްވޯކް ފްލަޝްކުރުމުގެ މަސައްކަތްކޮށް، ރޭގެ ދަންވަރުގެ ވަގުތެއްގައި މުޅި ސިޓީއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.ނޫސް ބަޔާން: ފުވައްމުލަކުގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް، އަލުން ޚިދުމަތް ދިނުމާ ގުޅޭ #TeamFenaka pic.twitter.com/RcQEpe0P9G
— Fenaka Corporation Ltd (@TeamFenaka) October 31, 2025

ފުވައްމުލަކު ފެނުގެ މައްސަލަ ހައްލުކޮށް، ފެނުގެ ކޮލިޓީ ކަށަވަރު ކުރުމަށްޓަކައި، ގަޑިއަކު އެއްފަހަރު އަންނަނީ ޓެސްޓު ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





