Saturday, November 14
އައްޑޫސިޓީ ފުޓްބޯޅަ މުބާރާތް :ލޮތަރީ ބަލިކޮށް ފްރެންޑްސް ކުލަބް ސެމީއަށް

އައްޑޫ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ލޮތާރި  3-1 ގެ ނަތީޖާ އަކުން ބަލިކޮށް
ފްރެންޑްސް ކުލަބުން ގުރޫޕްގެ ދެވަނަ ޔަގީން ކޮށްފިއެވެ.

މެޗުގެ ފުރަތަމަ 10 މިނިޓްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެށް ފެނިގެން ދިޔަޔަސް، މަޑުމަޑުން ފްރެންޑްސް ކްލަބުން ކުރިއަށް ޖެހި ލޮތަރީގެ ދިފާޢަށް ބާރުބޮޑުކުރިއެވެ. ފުރަތަމަ ގޯލް ފެނިގެން ދިޔައީ ލޮތަރީގެ ކުޅުން ތެރިންނަށް ހެދުނު ގޯހަކުންނެވެ. ސަހާފް އަމިއްލަ ހާފުން ޕެލޭއަށް ދިން ބޯޅަ ރަނގަޅަށް ނުދެވުމުގެ ސަބަބުން ފޭދޫގެ ޒައުލް ބޯޅަ ހޯދާފަ އުސްމާން ދިނުމުން ލޮތާރީގެ ދިފާޢީ ކުޅުންތެރިންގެ ޕްރެޝަރުގެ ތެރެއިން ހަމަޖެހިލާފައި ފޭދޫގެ ފުރަތަމަ ގޯލް ޖެހިއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން 45 ވަނަ މިނިޓްގައި ފްރެންޑްސް ކްލަބުން ލީޑު ފުޅާކުރިއެވެ. ޒައުލް ނެގި ހުރަހެއް ޕެނަލްޓީ އޭރިއާ ތެރެއަށް އައުމުން ލިބުނީ އުސްމާން އަށެވެ.އޭނާ ވަނީ ކަނާތު ފައިން ބޯޅަ ކޮންޓްރޯލްކޮށް، އަނބުރާލުމަށްފަހު ވާތު ފައިން ގޯލަށް ފޮނުވާލައި ފޭދޫ ގެ ދެވަނަ ގޯލް ޖަހާ ނަތީޖާ 2-0 ބަދަލް ކޮށްލާފައެވެ.

ދެވަނަ ހާފްގައި ލޮތަރީން މެޗަށް އެނބުރި އައުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެގޮތުން 70 ވަނަ މިނިޓްގައި ޒާލިފް (ޓެރީ)އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ނިންމާ ނުލެވުނެވެ.

80 ވަނަ މިނިޓްގައި ލޮތަރީގެ ހެޓޭ ގޯލެއް ޖަހާ އުއްމީދު އާކޮށްދިނެވެ. ނަމަވެސް، އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ޒައުލް ނެގި ހުރަހެށް ސިއްކޮ ގޯލް ޖަހާ 3–1 ނަތީޖާ އަކުން ފްރެންޑްސް ކްލަބަށް މޮޅު ކަށަވަރުކޮށްދިނެވެ. މި މޮޅާއެކު ފްރެންޑްސް ކްލަބް ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލްއަށް ދަތުރުކޮށްފައެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ފްރެންޑްސް ކްލަބްގެ ކެޕްޓަން އަމައްޓީ ވަނީ އެޓީމުގެ ކުޅުމުގެ ބައެއް ދިމާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޚާއްސަކޮށް ދެވަނަ ހާފުގައި ބަދަލުކުރާ ކުޅުންތެރިންނާ އެކު ޓީމުގެ ފެންވަރު ދަށްވާކަމަށެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ފްރެންޑްސް ކްލަބްގެ ކުޅުންތެރިޔާ ސިއްކޮ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު