Saturday, November 14
ދިއްލީގައި ބާރަށް ދުއްވާފައި ދިޔަ ކާރެއް ތިން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އިންޑިއާގެ ނިއު ދިއްލީގެ އެމްބިއެންސް މޯލް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ފިރިހެނަކު ނިޔާވެ، އިތުރު ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ އިންޑިއާ ގަޑިން 2:33 ގައި، ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް، އޮޓޯސްޓޭންޑެއްގައި މަޑުކޮށްގެން ތިބި ތިން މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ތިން މީހުންނަކީވެސް އެމްބިއެންސް މޯލްގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މި ހާދިސާގައި ނިޔާވި މީހާ ގޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާއިރު، ދެން އަނިޔާ ލިބުނު 35 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ކާރު ދުއްވަން އިން 29 އަހަރުގެ ޝިވަމް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ހާދިސާ ހިނގީ، ޝިވަމް އާއި އޭނާގެ އަންހެނުންނާއި، ބޭބެ، ކައިވެނި ހަފްލާއަކަށް ދިއުމަށްފަހު އެނބުރި ގެއަށް އައި މަގުމަތީގައި ކަމަށެވެ. އޭނާ ދުއްވަން އިން އުޅަނދަކީ އޭނާގެ ރައްޓެއްސެއްގެ ނަމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށްވެސް އިންޑިއާގެ ފުލުހުން ހާމަކުރެއެވެ.

އިންޑިއާގެ ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު