Saturday, November 14
އަލަވޭސް އަތުން މޮޅުވެ ބާސެލޯނާ އެއް ވަނަ އަށް

​ބާސެލޯނާގެ އާ ދަނޑު، ސްޕޮޓިފައި ކޭމްޕްނޫގައި ކުޅުނު ދެވަނަ މެޗުގައި އަލަވޭސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެ، ލަލީގާގެ އެއްވަނަ މަގާމަށް އެޓީމު އަރައިފިއެވެ.

މެޗު ފަށައިގެން، ފުރަތަމަ މިިނިޓްގައި އަލަވޭސް އިން ލީޑުނެގި އެެވެ. ބާސެލޯނާގެ މާކް ކަސާޑޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އެ ޓީމު ކޮޅަށް އަލަވޭސްގެ ލަނޑު ޖެހީ، ޕަބްލޯ އިބަނޭޒް އެވެ. މިއީ ލަލީގާގައި އޭނާ ކުޅުނު 100 ވަނަ މެޗެވެ.

އަލަވޭސްގެ ލީޑު ނެގުމާއެކު މާގިނަ އިރުތަކެއް ނުވެ ބާސެލޯނާގެ ޒުވާން ޔަމާލް ނަތީޖާ ހަމަހަމަ ކޮށްދިނެވެ . އޭގެ ފަހުން، 26 މިނެޓުގައި ސްޕެއިންގެ ފޯވާޑް އޮލްމޯ ވަނީ ރަފީނިއާ ދިން ބޯޅައަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައި ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުގައި އޮލްމޯ ވަނީ އަލަވޭސްގެ ގޯލްކީޕަރު އެންޓޯނިއޯ ސިވޭރާ ކައިރިން ތިރިން ފޮނުވާލި ބޯޅައަކުން މެޗުގެ ނަތީޖާ ބާސެލޯނާ އަށް ކަށަވަރުކޮށްދީފައެވެ. މި މޮޅާއެކު ހާންސީ ފްލިކްގެ ޓީމު ވަނީ ލަލީގާގެ އެއްވަނަ މަގާމަށް ދެ ޕޮއިންޓުގެ ލީޑަކާއެކު އަރާފައެވެ. ނަމަވެސް، އެމީހުންގެ ވާދަވެރި ރެއާލް މެޑްރިޑަށް އާދިއްތަ ދުވަހުގެ ރޭ ޖިރޯނާ ބަލިކޮށްފިނަމަ އަލުން އެއްވަނަ މަގާމަށް އެރުމުގެ ފުރުސަތު އޮތްނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު