Saturday, November 14
ޓޫޓޫގެ ހިތްގައިމު ލަނޑުން މަރަދޫ އާއި ފްރެންޑްސް މެޗު އެއްވަރުވެއްޖެ !

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި އިއްޔެ މަރަދޫ އާއި ފޭދޫގެ ފްރެންޑްސް ކްލަބް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. މާބޮޑު ފޯރިއެއް ނުފެނުނު މި މެޗުގައި، ދެ ޓީމަށްވެސް މުހިންމު ޕޮއިންޓެއް ލިބިގެން ދިޔައިރު، ގްރޫޕްގެ ވާދަވެރިކަން މިވަނީ އިތުރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، މެޗުގެ 12 ވަނަ މިނެޓުގައި ފްރެންޑްސް ކްލަބުން ވަނީ މެޗްގައި ލީޑު ނަގާފައެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ އަމައްޓީ ނަގައިދިން ކޯނަރެއް، އެ ޓީމުގެ މިސްރުގެ ޑިފެންޑަރ ހަމޫދު ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފް ފެށުނުއިރުވެސް މެޗުގެ ވައްޓަފާޅިއަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ގިނައިން ފެނުނީ ބޯޅަ ގޯސްކޮށް ފޮނުވާލާ މަންޒަރާއި ކުދިކުދި އަނިޔާތަކަށް މެޗު ހުއްޓާލާ މަންޒަރެވެ. މަރަދޫއަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނެޓުގައި ޓޫޓޫ އެވެ. އޭނާ މި ގޯލް ޖެހީ ޕެނަލްޓީ އޭރިއާގެ ތެރެއަށް މަރަދޫން ލީ ބޯޅައެށް ފްރެންޑްސްގެ ގޯލްކީޕަރު ބޯޅައަށް ނިކުތް ވަގުތު، ރާފާހް(ޓޫޓޫ) ބެކް ހީލް އަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެޗްގެ މޮޅު ކުޅުންތެރިޔާ ހޯދި އާތޫފް ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ލަނޑު ޖެހުމުގައި ދިމާވާ ދަތިތަކާ މެދު ކަންބޮޑުވާ ކަމަށާއި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. ފްރެންޑްސް ކްލަބްގެ ގޯލްކީޕަރު އައްޓަޑާ ބުނެފައިވަނީ ދަނޑުގެ ހާލަތުގެ ސަބަބުން އެ ޓީމަށް ކުޅެން ބޭނުންވާ ސްޓައިލްގެ ފުޓްބޯޅަ ނުކުޅެވޭ ކަމަށެވެ.

މި ނަތީޖާއަށްފަހު ގްރޫޕްގެ ތާވަލު ވަނީ ތިރީގައިވާ ގޮތަށް ބަދަލުވެފައެވެ.

1. މައިލޯ ސިޓީ (ހިތަދޫ) – 7 ޕޮއިންޓް(3 މެޗް)

2. ފްރެންޑްސް (ފޭދޫ) – 5 ޕޮއިންޓް (3 މެޗު)

3. މަރަދޫ 4 ޕޮއިންޓް - (3 މެޗު)

4. ލޮތަރި (މީދޫ) - 3 ޕޮއިންޓް (3 މެޗް)

5. ފާހި (ފޭދޫ) - 0 ޕޮެއިންޓް ( 2 މެޗް)

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު