Saturday, October 31
ދިއްދޫގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފިއެވެ.

މި ގޮފި ހުޅުވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ވެރިން އަދި ކައުންސިލްގެ ބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ.

އިސްލާމީ ވުޒާރާއިން ބުނީ މި މަރުކަޒުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ތަފާތު ކޯސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުނުއިރު މާލެއިން ބޭރުގައި ޤާއިމްކުރެވުނު ފުރަތަމަ އިސްލާމީ ކުތުބުޚާނާވެސް ވަނީ އެތަނުގައި ޤާއިމްކޮށް ހުޅުވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު