Saturday, October 31
ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އަލަށް ތަރައްޤީކުރެވުނު އިސްލާމީ ކުތުބުޚާނާ ހުޅުވައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސަޢުދާންއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުވެސް ވަނީ ބައިވެރިވެލައްވާފައެވެ.

އިސްލާމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދިއްދޫ އިސްލާމީ ކުތުބުޚާނާގައި ދިވެހި ބަހާއި، އިނގިރޭސި ބަސް އަދި ޢަރަބި ބަހުން ލިޔެފައިވާ ތަފާތު އެކި ފޮތްތައް ބެހެއްޓިފައިވެއެވެ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ކުތުބުޙާނާ ތަރައްޤީކޮށްފައިވަނީ ޒަމާނީ ވަސީލަތްތައްވެސް ހިމެނޭ ގޮތަށެވެ.

ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވުމަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމްކޮށް، އިސްލާމީ މަރުކަޒުތަކަށް ދިރުން ގެނެސްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު