Monday, November 2
ނ.އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގެ ޚިދުމަތް ފަށައިފި

ނ. އަތޮޅު ހޮސްޕިޓަލުގައި އިންޓެންސިވް ކެއަރ ޔުނިޓް، އައިސީޔޫ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ އިންޓެންސިވް ކެއަރ ޔުނިޓް، އައިސީޔޫ ހުޅުވައި، ރަސްމީކޮށް އެ ޚިދުމަތް އިފުތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މަނަދޫއަށް ކުރެއްވި ޒިޔާރާތުގައެވެ.

ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ ޔުނިޓު ހުޅުވުމަށް  އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އައިސީޔޫގެ ޚިދުމަތް ދޭން ފެށުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއެއް ޤާއިމްކުރުމަށް ސަރުކާރުން އެލްއެމްއެސް ނަމަކަށްކިޔާ ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ކުންފުނީގެ މަސައްކަތްތައް ނިމި މި ޚިދުމަތް ރަސްމީކޮށް ފެށިގެންދިއުމާއެކު، ބަލިމީހުންނަށް ލަސްވުމެއްނެތި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މީގެ ކުރިން ނުރައްކާތެރި ހާލަތްތަކުގައި ބަލިމީހުން މާލެއަށް ނުވަތަ އެހެން ބޮޑެތި ހޮސްޕިޓަލްތަކަށް ބަދަލުކުރަން ޖެހުނު ޖެހުމަށް ނިމުމެއް އަންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު