Saturday, October 31
ދިއްދޫ އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ކުރައްވާނީ ވަޒީރު ޑރ. ޝަހީމު

މާދަމާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދިއްދޫ އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށެވެ.

މާދަމާ ހަވީރު ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ޤާއިމްކުރެވިފައިވާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމީ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު