Monday, November 2
ޣިޔާޘުއްދީން ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ރަސްފަންނު އަދި މާލޭ ސްވިމިން ޓްރެކުގައި ނޮވެންބަރު 23އިން ޑިސެންބަރު 26އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 55 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި ފްލޯޓްކުރާނެ ގޮތާއި، ކިކްޖަހާނެ ގޮތާއި، ތަފާތު ވައްތަރުގެ ސްޓްރޯކްތައް ބުނެދިނުމުގެ އިތުރުން މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ބުނެދީ ފެތުމާގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވިގެންދާނެއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދޭނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު