Monday, November 2
ފަސް މިލިއަން ގަސް މަޝްރޫޢުގައި ޒުވާން ދަނޑުވެރިޔާ އާއި ގުޅިގެން މަސައްކަތް ކުރަނީ

ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން އިސްނަންގަވައިގެން ހިންގަމުންދާ ޤައުމީ މަޝްރޫޢުގެ ފަރާތުން، ދަނޑުވެރިކަމަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް ބާރުދިނުމަށް މަސައްކަތް ކުރަމުންދާ "ޒުވާން ދަނޑުވެރިޔާ" އަބްދުﷲ ރަމްޒީ އާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެ ފަރާތުން ގުޅިގެން މަސައްކަތް ކޮށް، ރާއްޖޭގެ ދަނޑުވެރިކަމާއި، ގަސް އިންދުމުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމެވެ.

މިނިސްޓްރީން މައލޫމާތުދޭ ގޮތުގައި މި ބައްދަލުވުމުގައި، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް "ޒުވާން ދަނޑުވެރިޔާ" ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި، އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ދެ ފަރާތުގެ އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. ޚާއްސަ ގޮތެއްގައި، ޒުވާން ދަނޑުވެރިންނަށް ތަމްރީނާއި ތަޖުރިބާ ދިނުމާއި، ގަސް އިންދުމުގެ މަސައްކަތްތަކުގައި އެމީހުން ބައިވެރިކުރުވުމުގެ މުހިންމުކަމަށް ބާރުއަޅާފައިވެއެވެ.

ދެ ފަރާތުން ވެސް މި މަޝްރޫޢު އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަޞީލަތްތަކާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. މި ގުޅުމުގެ ސަބަބުން، ޒުވާނުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފަހިވެ، މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކަށް ބޭނުންވާނެ އެހީތެރިކަން ވެސް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ބައްދަލުވުމަކީ، ދިވެހިރާއްޖެއަށް ގަސް އިންދުމުގެ މުހިންމުކަން އިހުސާސްކޮށް، ޤުދުރަތީ މާހައުލު ރައްކާތެރިކުރުމަށާއި، ކާނާގެ ސަލާމަތްކަން ކަށަވަރުކުރުމަށް ކުރިއަށްދާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދެ ފަރާތުގެ ގުޅިގެން ކުރާ މަސައްކަތުން، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ލަނޑުދަނޑިތައް ހާސިލްވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ޤައުމީ މަޝްރޫޢުގެ ފަރާތުން ރަމްޒީ އާއި ބައްދަލުކޮށްފައިވާއިރު،  ރަމްޒީ އަކީ އައްޑޫ މީދޫގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތެކެވެ. އަދި ރަމްޒީއަކީ ރާއްޖޭގައި އާންމު ނޫން އެކި ބާވަތްތައް ފަސޭހަކަމާ އެކު މިހާރުވެސް ހައްދަމުންދާ ފަރާތެކެވެ. ދަނޑުވެރިކަމުގެ ދާއިރާގެ އެކިކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ރަމްޒީދަނީ ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. .

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު