Monday, November 2
މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ކިޔެވުން ފަށައިފި

ރަސްމީ ތަޢުލީމުގެ ތެރޭގައި މާތީ ސާނަވީ ވޮކޭޝަނަލް ތަމްރީނު ހިމަނާ، މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ފުރަތަމަ ބެޗްގެ ކިޔެވުން ފަށައިފިއެވެ.

މިކަމަށްޓަކާ ޚާއްސަ ރަސްމިއްޔާތެއް ޕޮލިޓެކްނިކްގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.

މަތީ ސާނަވީގައި ހުނަރާ ތަމްރީން ދޭ ވޮކޭޝަން ޕާތުވޭގެ ކިޔެވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި މިވަނީ ފަށާފައެވެ. މި ސްކޫލްގެ ކިޔެވުން ގެންދަނީ، ތަޢުލީމީ ވުޒާރާގެ ބެލުމުގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ.

ސަރުކާރުން މުޅިން އަލަށް ތަޢާރަފުކުރި މަތީ ސާނަވީގެ ވޮކޭޝަނަލް ޕާތުވޭއަކީ، ޢިލްމީ ހުނަރުވެރި ޒުވާން ޤާބިލު ސިކުނޑިތަކެއް ތަރައްޤީކުރުމަށް ފެށި ވަރަށް ބޮޑު، މުހިންމު މަސައްކަތެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަޢުލީމީ ދާއިރާއިން ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާއިރު، ދަރިވަރުންނަށް ރަސްމީ ތަޢުލީމުގެ ތެރެއިން ފޯރުކޮށްދޭ ފުރުޞަތުތައް މިހާތަނަށް އޮތީ ވަރަށް ހަނިކޮށްކަމަށެވެ. ސަރުކާރުން މިދާއިރާއިން ފެށި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފުރިހަމަކަމަށާއި، ހުޅުވާލެވުނު ފުރުޞަތުތަކުގެ ތެރެއިން މަތީ ސާނައިން ފުރުޞަތު ދެވޭ ނިސްބަތް %31އިން %49 އަށް އިތުރުކޮށްފަވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު