Monday, November 2
މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެއެވެ.

މީގެ ކުރިން, އަހަރެއް ތެރޭ ދެ މިލިއަން ފަތުރުވެރިން ހަމަވީ، މިދިޔަ އަހަރު އެކަންޏެވެ.

މި އަަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ، އިނގިރޭސިވިލާތަށް ނިސްބަތްވާ ބެތަނީ ސާރާ ކާސްވެލްއެވެ. އޭނާ ރާއްޖެ ޒިޔާރާތްކުރީ، އޭނާގެ ފިރިމީހާއެކު، ހަނީމޫނަށެވެ.

އޭނާއަށް މަރުހަބާ ކިޔާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސް ގުޅިގެންނެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ ޒިޔާރާތްކުރިއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު