Monday, November 2
ޖަޕާނަށް އައްޔަން ކުރާ ސަފީރަކަށް މަހްލޫފްގެ ނަން ފޮނުވައިފި
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް މިއަދު ނަން ފޮނުވައިފިއެވެ. އެހެންވެ، މަހުލޫފްގެ ނަން ދިރާސާކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފިއެވެ. ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާ ނަންތައް ކޮމިޓީން ރުހުން ދިނުމުން، ތަޅުމުން އަދި ރުހުން ދޭން ޖެހޭނެއެވެ. ސަފީރުކަމަށް އައްޔަންކުރާނީ އެއަށް ފަހުގައެވެ.

ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މި މަހު 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.

އޭގެ ކުރިން  އޭނާ ވަނީ އެމްޑީޕީން ވަކިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު