Saturday, November 14
ގުރައިދޫ މެންޓަލް ހެލްތު ފެސިލިޓީގެ މާސްޓަރޕްލޭނާއި ޑިޒައިން ހެދުމަށް އެޗްޑީސީއާއެކު އެއްބަސްވެއްޖެ

ކ. ގުރައިދޫގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތު ފެސިލިޓީއަކަށް ބަދަލުކުރުމަށް، އެތަނުގެ މާސްޓަރޕްލޭން ތަރައްޤީކޮށް ޑިޒައިން މަސައްކަތްތައް ނިންމުމަށްޓަކައި ޞިއްޙީ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އިސްމާޢީލް ޢަބްދުﷲ އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

މި އެއްބަސްވުމުގެ ދަށުން މެންޓަލް ހެލްތު ފެސިލިޓީގެ މާސްޓަރޕްލޭނާއި ޑިޒައިންގެ ހރުިހާ މަސައްކަތެއް ހިންގާ ބަލަހައްޓާނީ އެޗްޑީސީންނެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު