Saturday, October 31
ކުޑަކުދިންނަށް ދޭ ކިރެއް ބޭނުންނުކުރަން އަންގައިފި
ކުޑަކުދިން ބޭނުންކުރާ ކިރު ދަޅެއްގެ ތެރޭގައި ޖަރާސީމު ހިމެނޭތީ، ރާއްޖޭގައި އެ ބްރޭންޑްގެ ކިރުދަޅު ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު މަނާކޮށްފިއެވެ. އެމްއެފްޑީއޭ އިން ބުނީ ތަޣައްޔަރުވެފައިވަނީ އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާއެވެ. އެ ތަޣައްޔަރުވެފައިވަނީ "ކުލޮސްޓްރިޑިއަމް ބޮޓުލިނަމް" ނަމަކަށް ކިޔާ ޖަރާސިމަކުން ކަމަށް އެ އިދާރާއިން ބުންޏެވެ. ތުއްތު ކުދިން ބޭނުންކުރާ ކިރު ދަޅެއް ތަޣައްޔަރުވެފައިވާ ކަމަށެވެ. މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ޔޫއެސްއެފްޑީއޭ އިން އަންގައިފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް އެ އޮތޯރިޓީން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު