Monday, November 2
ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސް: ބޮޑު ބަޔަކަށް ރީނދޫ ސަމާލު!

 ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާ އެކު، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހުމާ އެކު، ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

އެހެންވެ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވައިގެ ގަދަވާނެ ކަމަށާއި، އެގޮތުން 10-20 މޭލަށް ވައި ޖެހި، ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު