Saturday, November 14
ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިލްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި، ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ. ދިއްދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ހަތަރު ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެއެވެ. އަދި އެއް ފަންގިފިލާގެ ސަރވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެއެވެ.

މިއީ 185.57 މިލިއަން ރުފިޔާއަށް 780 ދުވެހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު