Monday, November 2
ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް 127 ޓަނުގެ މުދަލާއި އެކު ފުރަތަމަ ބޯޓް ބަނދަރުކޮށްފި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު އެރަށަށް 127 ޓަނުގެ މުދަލާއި އެކު ބަނދަރުކޮށްފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވީ، އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީއަށް ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު އިއްޔެ އެރަށުގައި ބަނދަރުކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ބޯޓަކީ،  "ވީބީ ޕްރޮގްރެސް" ބޯޓެވެ. މި ބޯޓުން ގެނެސްފައިވަނީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ގެނައި އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، އަދި އަމިއްލަ ވިޔަފާރިއެއްގެ ކާބޯތަކެތީގެ ބާވަތްތައް ކަމަށް އެމް.ޕީ.އެލްއިން ވިދާޅުވެއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވީ، މިހާރު ޝެޑިއުލްކޮށްފައިވަނީ، ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މަހަކު އެއްދަތުރު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް މުދާ ގެންނަ މިންވަރަކުން، މި ދަތުރުތައް އިތުރުކުރެވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާ ކުރުމަށް އެމްޕީއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖެއްސުމަށް އެކުންފުނިން ވަނީ، ކުޅުދުއްފުށި ވިޔަފާރިވެރިންނާ ބައްދަލުކޮށް، އުތުރުގެ ރަށްރަށުގައި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކޮށް، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު