Saturday, November 14
ޚާރިޖީ ވަޒީރު މޮނާކޯގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މޮނާކޯގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އިޒަބެލް ބެރޯ އަމަޑެއި އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ކަމަނާއަށާއި މޮނާކޯ ސަރުކާރަށާއި ރައްޔިތުންނަށް، މޮނާކޯގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި މޮނާކޯއާ ދެމެދު މިހާރު އޮތް އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމަނާ އާ ގާތުން ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު ކަމަނާ އަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު