Saturday, October 31
މާލޭގެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ބަލަނީ

މާލޭގެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިއަދު 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު