Monday, November 2
ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް އިޓަލީގެ ސަފީރާ އެކު މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، ފަތުރުވެރިކަމާބެހޭ ވަޒީރު  ޠާރިޤު އިބްރާހިމް، މިއަދު އިޓަލީގެ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އޮނަރަބަލް ދަމިއާނޯ ފްރެންކޮވިގް އަދި އޮނަރަރީ ކޮންސަލް ޖޯޖިއާ މަރައްޒީއާ މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

 

މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ގައުމުގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި، އިޓަލީއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 5 ވަނަ ގައުމުކަން ފާހަގަކުރައްވައި، އިޓަލީގެ ފަތުރުވެރިންނަށް ރާއްޖެ އިތުރަށް ތަރައްޤީކޮށް، އެ މާކެޓަށް އަމާޒުކޮށްގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު ޠާރިޤު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އާ ދާއިރާތަކުން ވެސް އެއްބާރުލުން އިތުރުކުރުމަށް ދެފަރާތުން ވެސް ވަނީ އެއްބަސްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު