Monday, November 2
ކުރު މުއްދަތުގައި ބޮޑެތި ކާމިޔާބު ހާސިލްކުރެވުނީ ހަރުދަނާ ސިޔާސަތުގެ ސަބަބުން: އިކޮނޮމިކް މިނިސްޓަރ

ފާއިތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ހާސިލުކުރި ކާމިޔާބުތައް ބުނެދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިޤުތިޞާދީ ސިޔާސަތުތަކަކީ ރަނގަޅު ހަރުދަނާ ސިޔާސަތުތަކެއްކަން ކަމުގައި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ ރިޔާސަތުގައި ދެ އަހަރު ފުރިހަމަކުރެއްވީތީ ރައީސަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭ ރައީސް ހާސިލުކުރެއްވި އެންމެ ބޮޑު ކާމިޔާބަކީ ދިވެހިން އަގުކުރާ ދުސްތޫރީ ގިޔަމުތައް ނުވަތަ އަގުކުރުންތަކާއެކު، ހަރުދަނާ ޑިމޮކްރަސީއަކާ ދިމާލަށް ރާއްޖެ މިސްރާބު ކުރެއްވުން ކަމަށެވެ.

"ސިޔާސީ ހަމަޖެހުން އިއާދަކޮށް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަރުދަނާ ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމުގެ ތަނބުތައްކަމުގައި ވާހިނދު، މަނިކުފާނު ވަނީ، މިއިން ކޮންމެ ކަމެއް ފުރިހަމަ ކުރެއްވުމަށް، ނުގުޑާފަދަ ޢަޒުމެއްގައި ހުންނެވިކަން ސާބިތުކޮށް ދެއްވާފައި" ފާއިތުވި ދެ އަހަރު ރާއްޖޭގައި އަމާންކަން ދަމަހައްޓަވައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި ގައުމީ ތަރައްގީ ހަލުއިކުރެއްވުމަށް ރައީސް ކުރެއްވި މަސައްކަތްޕުޅަށް ތާރީފުކުރައްވަމުން ސައީދު ވިދާޅުވިއެވެ.

އިތުރަށް ސައީދު ވިދާޅުވީ ރައީސްގެ މަސައްކަތްޕުޅުގައި ބަހައްޓަވާ ފަރުވާތެރިކަމާއި، ކަންކަމަށް ދެއްވާ ސަމާލުކަމާއި، އެމަނިކުފާނުގެ އިހުލާސްތެރިކަން ގާތުން ފެނިވަޑައިގަތުމުގެ ފުރުސަތު، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގަތް ކަމަށެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުގެ ބޮޑުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ގޮންޖެހުންތަކުން އަރައިގަނެ ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ސަރުކާރުން ހޯދާފައިވަީ ފާހަގަކުރެވޭ ކާމިޔާބުތަކެއް ކަމަށެވެ.

އެގޮތުން ރައީސްގެ ވެރިކަމުގައި ކުރިން ދުވަހަކުވެސް ފެނިފައިނުވާ މިންވަރަށް ދިވެހިރާއްޖެއަށް އިގުތިސާދީ އާރޯކަން ގެނެސްދީފައިވާ ކަމަށާއި، ރާއްޖެއާއި އެހެނިހެން ގައުމުތަކާމެދު ވިޔަފާރީތަކުގެ ގުޅުންތައް ހަރުދަނާކުރައްވައި، ދިވެހިރާއްޖެއަށް ވުނޭރުންގެ އިތުބާރު އިއާދަކޮށްދެއްވާފައިވާކަމަަށް ސައީދު ވިދާޅުވިއެވެ.

ސަރުކާރަށް ފާއިތުވި ކުޑަ މުއްދަތުގައި ހާސިލުކުރެވުުނު މިފަދަ ބޮޑެތި ކާމިޔާބުތަކަކީ ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކަކީ ހަރުދަނާ ސިޔާސަތުތަކެއްކަމާއި، އިގުތިސާދީ ގޮތުން ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ ރަނގަޅުކަމާއި، އިހުލާސްތެރިކަމާއެކު ޒިންމާ އަދާކުރެއްވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަމުގެ މައްޗަށް ދަލީލުކުރާ ހެކިތަކެއް  ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މަނިކުފާނުގެ ލީޑަރޝިޕްގައި، އިޖުތިމާޢީ އަދި އިޤްތިޞާދީ އެކި ރޮނގުތަކުގައި ދިވެހިރާއްޖެ އަދިވެސް އިތުރަށް ކުރިއަރައިދާ މަންޒަރު ފެންނާނޭކަމަށް އަޅުގަނޑު ޔަޤީންކުރަން" އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު