Saturday, November 14
އިޓަލީ ވޯލްޑްކަޕަށް އައުމަށް މަަރުގެ ތުންފަތްމަތީގައި!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވުމުގެ ހުވަފެން ދެމިއޮތް ނަމަވެސް، އެކަން ޙާސިލް ކުރެވެން އޮތީ ޔޫރަޕިއަން ޕްލޭއޮފްސްގެ ތެރެއިންކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ.

ގްރޫޕް އައިގެ މެޗުތަކުގައި ނޯވޭގެ ފަހަތުން ދެވަނައިގައި ތާށިވެފައި އޮތުމުން، މިފަހަރުވެސް  އިޓަލީއަށް ވަނީ ސީދާ ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައެވެ. މިކަމުގެ ސަބަބުން، އިޓަލީގެ ފުޓްބޯޅަ ފޭނުންގެ މެދުގައި ވަނީ ބޮޑު މާޔޫސްކަމެއްވެސް އުފެދިފައެވެ.

ނޯވޭގެ ކުރިހޯދުމާއެކު އަޒޫރީއަށް ދަތިކަމެއް

ކޮލިފައިންގެ ކުރީކޮޅުން ފެށިގެން ނޯވޭ ވަނީ ގްރޫޕްގެ ކޮންޓްރޯލް ނަގާފައެވެ. ނަތީޖާއެއްގެ ގޮތުން، އިޓަލީއަށް ނޯވޭއާ ދެމެދުގައި އޮތް ތިން ޕޮއިންޓްގެ ފަރަގު ކުޑައެއް ނުކުރެވުނެވެ. މިހާރު ނޯވޭ ތިން ޕޮއިންޓްގެ ކުރީގައި އޮވެ، ގޯލްގެ ތަފާތު ވަނީ ބޮޑުކޮށްފައެވެ.އެހެންކަމުން ބާކީ އޮތް މެޗުން އިޓަލީ މޮޅުވިޔަސް، އަޒޫރީއަށް ސީދާ ކޮލިފައިވުމުގެ ފުރުސަތެއް ނެތެވެ. އެހެން ކަމުން ޖެނާރޯ ގަޓުއްސޯ ގެ ޓީމަށް މިފަހަރުވެސް ވޯލްޑް ކަޕަށް ދިއުމަށް ޕްލޭއޮފްސްގެ މަރުޙަލާ ކަޑައްތު ކުރަން ޖެހޭނެއެވެ.

ޕްލޭއޮފްސްގެ ގުރުއަތު ނެގުން އޮންނާނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި ގުރުއަތުން އިޓަލީއާ ދެކޮޅަށް ކުޅެން ޖެހޭ ޓީމެއް ކަނޑައަޅާނެއެވެ. އިޓަލީއަކީ ޕޮޓް 1 ގައި ހިމެނޭނެ ޓީމެއް ކަމަށް ބެލެވޭއިރު، އެއީ ސީޑް ލިބޭ ޓީމެކެވެ. ނަމަވެސް ޔޫރަޕިއަން ޕްލޭއޮފްސްގެ މަރުހަލާއަކީ ވާނެގޮތް ލަފާކުރަން ދަތި މަރުހަލާއެކެވެ. ކުރީގެ ދެ ވޯލްޑް ކަޕްވެސް މި މަގުން ގެއްލުނު އިޓަލީއަށް މި ތަދު ވަރަށް ރަނގަޅަށް އެނގެއެވެ.

އުންމީދުގެ އަލިކަން: ގަޓުއްސޯ އިތުބާރު

މާޔޫސްކަމާއެކުވެސް އިޓަލީއަށް ވޯލްޑް ކަޕަށް ދިއުމުގެ އުންމީދު އަދިވެސް އެބައޮތެވެ. އިޓަލީގެ ފަހުގެ ކުޅުންތައް ދައްކަނީ ޓީމަށް ކުރިއެރުންތަކެއް އައިސްފައިވާކަމެވެ. ބަރެއްލާ، ޑޮނަރުއްމާ، އަދި ރަސްޕަޑޯރީ ފަދަ މުހިންމު ކުޅުންތެރިން ވަނީ އިތުބާރާއެކު ޓީމުގެ ލީޑު ނަގާފައެވެ. ކޯޗު ގަޓުއްސޯ ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންގެ ނަފްސާނީ ބާރު ގަދަކަމަށާއި، ކުރިމަތިވާ ގޮންޖެހުންތަކަށް އެމީހުން ތައްޔާރު ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް އިޓަލީ އެނބުރި އައުމަށް ހުރަސް އަޅާނީ ކޮން ޓީމެއްތޯ ބެލުމަށް ފޭނުން ގުރުއަތަށް އިންތިޒާރު ކުރަމުންދާއިރު، ވޯލްޑް ކަޕަށް އިޓަލީ ކުރާ މަސައްކަތް އަދި ނިމުމަކަށް ނާދެއެވެ.

އިޓަލީގެ ފުޓްބޯޅައަށް ޝައުގުވެރިކަން ބޮޑު ދިވެހިރާއްޖޭގައިވެސް ގިނަ ފޭނުން ދަނީ ކުރީގެ ދެ ވޯލްޑް ކަޕް ގެއްލުނު ފަހުން އަޒޫރީ ވޯލްޑް ކަޕަށް އެނބުރި އަންނާނެ ކަމުގެ އުންމީދުގައި އިންތިޒާރު ކުރަމުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު