Monday, November 2
ގުޅީ ބިންހިއްކަން އެމްޓީސީސީ އާ ހަވާލުކޮށްފި

ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 56،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 324 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 8 މީޓަރުގެ ސަރަޙައްދެއްގައި ފެނުއަޑީގައި ބޭރުތޮށިލުމުގެ އިތުރުން 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، 283 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 280 މީޓަރުގެ އެއްގަމު ތޮށި މަރާމާތުކުރުމާއި، 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރިޓް ޖެޓީއެއް ހެދުމުގެ އިތުރުން 3،170 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 85.81 މިލިޔަން ރުފިޔާއަށް 510 ދުވަސްތެރޭ މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ.

އިއްޔެ ވަނީ ގުޅީބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު