Saturday, October 31
މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަރުމަސްވެރިކަމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި އަންނަ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރުމަށްފަހު 20 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3339225 / 3339272 އާ ގުޅައިގެން ސާފުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު