Monday, November 2
ދުފަން ބޭނުންކުރާ ފޯއް ޕެކެޓް ވިއްކަން ހުއްދަ ނުދޭ: އެމް.އެފް.ޑީ.އޭ

ދޮގު މަޢުލޫމާތު ހިމެނޭ ލޭބަލް ޖަހައިގެން ތަކެތި ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ފުޑް އެންް ޑްރަގް އޮތޮރިޓީން ވިދާޅުވެއްޖެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހެން ވިދާޅުވީ، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާކަމަށް ބުނާ ލޭބަލްއެއް ޖަހައިގެން ދުފަން ބޭނުންކުރާ ފޯއް ޕެކެޓްތަކެއް "ޔާސް އިންވެސްޓްމެންޓް' ނަމަކަށް ކިޔާ ބަޔަކު ވިއްކާ މައްސަލައަކާ ގުޅިގެންނެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ކަމުގެ ލޭބަލްގައި ޖަހައިގެން ތަކެތި ވިއްކުމަކީ، އެތަކެތި ގަންނަ ފަރާތްތަކަށާއި، ބޭނުންކުރާ ފަރާތްތަކަށް އޮޅުން އަރާނެ ކަމެއްކަމަށެވެ. އެހެންކަމުން ތަކެތި ގަނެ، ބޭނުންކުރާ ފަރާތްތަކަށް އޮޅުން އަރާގޮތަށް އެއްވެސް ފަރާތަކުން ތަކެތި ނުވިއްކުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވައެވެ. އަދި އެމްއެފްޑީއޭއިން ހުއްދަ ދީފައިވާކަމުގެ ލޭބަލް ޖަހައިގެން ތަކެތި ވިއްކާ ފަރާތްތަކާމެދު ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެމްއެފްޑީއޭގެ ހުއްދަ ދީފައިވާކަމުގެ ލޭބަލް ޖަހައިގެން ތަކެތި ވިއްކާ ފަރާތްތައް 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާއު ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު