Monday, November 2
ވަރަ އެކްސްޕޯ 2025 ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވަރަ އެކްސްޕޯ 2025 އިފުތިތާޙުކުރައްވައިފިއެވެ. މި ހިނގާ ނޮވެންބަރު މަހުގެ 6 އިން 8 އަށް ކުރިއަށްގެންދާ މި އެކްސްޕޯ އިފްތިތާޙުކުރައްވާފައިވަނީ، އެ ކަމަށްޓަކައި އިއްޔެ ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި، ތަޢުލީމާއި، ތަމްރީނާއި، ހުނަރާ ގުޅުންހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވެއެވެ. އަދި މި އެކްސްޕޯ މެދުވެރިކޮށް، ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ވަޒީފާގެ ބާޒާރާއި، ތަޢުލީމާއި، ތަމްރީނާ ގުޅުންހުރި މަސައްކަތުބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައްވެސް މި އެކްސްޕޯގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ވޭތުވެ ދިޔަ ދެ އަހަރު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ކުރައްވާފައިވާ ކާމިޔާބު މަސައްކަތްތައް ދައްކުވައިދޭ ޚާއްޞަ ފޮތް، "ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ- ތަޢުލީމާއި ތަމްރީނުގެ އާ ޒަމާނެއް" ނެރެދެއްވާފައެވެ.

ރަސްމިއްޔާތަށް ފަހު އެކަމަނާ ވަނީ ވަރަ އެކްސްޕޯ 2025 ބައްލަވާލައްވާފައެވެ. އަރިހުގައި، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި ޢިއްޒަތްތެރީން ވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު