Saturday, October 31
ފިޔޯރީ މަސް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީ މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި، ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރާއްޖޭގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީއަކީ އެ ރަށާއި ވަށައިގެންވާ ސަރަހައްދުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުތަކުގެ ތެރޭގައި ހިމެނޭ ސިނާއަތެކެވެ. ފިޔޯރީ މަސް ފެކްޓްރީގެ ސަބަބުން މަސްވެރިންނަށް އެކަށީގެންވާ އަގުގައި މަސް ގަންނަން ލިބުމާއި، އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުވެގެން ދާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު