Saturday, October 31
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއު ފަށައިފި

އައްޑޫގެ ގުޅިފައިވާ ރަށްތައް ގުޅާލާފައިވާ ލިންކް ރޯޑް އަލުން ހެދުމުގެ ބޮޑު މަޝްރޫޢެއްގެއަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް ކުރެއްވިދަތުރުފުޅުގައި ރޭ ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި މަޝްރޫއުގެ އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި މި މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ މެމްބަރުންނެވެ.

މަޝްރޫއުގެ ތަފުސީލް

• ލިންކް ރޯޑް ޒަމާނީ ފެންވަރަށް ހެދުން

• 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުން

• ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުން

• ދުވާރުތައް ހެދުން

• މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ އެ ބޮޑު މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ.

ކޮންސްްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސް ދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު