Monday, November 2
އައްޑޫގެ ތިން ރަށެއްގައި 200 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

އައްޑޫގެ ގުޅިފައިވާ ތިން ރަށެއްގައި 200 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި އެވެ.

މިއެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިތަދޫ،މަރަދޫ އަދި މަރަދޫފޭދޫ އާއި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގަ އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެޗްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

އެ މަޝްރޫއުގެ ދަށުން ހިތަދޫގައި 100 ހައުސިން ޔުނިޓް އަދި މަރަދޫގައި 50 ހައުސިންގް ޔުނިޓް އަދި މަރަދޫފޭދޫގައި 50 ހައުސިން ޔުނިޓް އަޅަން ވަނީ ނިންމައިފަ އެވެ.

ހިތަދޫގައި ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ އެ މަނިކުފާނުގެ އެންމެ ބޮޑު ވައުދު ކަމަށް ވާތީ، އައްޑޫގައި އަޅަން މިރޭ ހަވާލުކުރި 200 ހައުސިން ޔުނިޓްގެ އިތުރުން ވެސް އިތުރު ހައުސިން މަޝްރޫއުތައް މި ސިޓީގައި އަދި ފަށާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު