Saturday, October 31
މަރަދޫފޭދޫގައި އަލަށް އިމާރާތްކުރާ އެފްއާރުސީގެ ބިންގާ އަޅައިފި

އައްޑޫ ސިޓީ މަރަދޫފޭދޫގައި އަލަށް އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި މަރަދޫފޭދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އަދި އަދި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމްއެވެ.

އަދި އަރިހުގައި ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ، ފޭދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް ނިޒާރު އަދި މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު