ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް މިއަދު ހެނދުނު އައްޑޫ ހުޅުދޫއަށް ވަޑައިގެންނެވިއިރު ބަނދަރު މަތީގައި ދެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ރައީސަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
މި ދަތުރުފުޅުގައި މީދޫއާއި ހުޅުދޫގެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވުމާއި، ހުޅުދޫގައި ބީއެމްއެލް އައު ބްރާންޗެއްގެ އިމާރާތް ބިނާކުރަން ފެށުމާއި، ހުޅުދޫއާއި މީދޫގެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުއްވުމާއި، ހުޅުމީދޫގައި ގާއިމުކޮށްފައިވާ ބީއެމްއެލް ޑޮލަރު އޭޓީއެމް ހުޅުވައިދެއްވިއެވެ.
އަދި މިއަދު ހުޅުދޫއާއި މީދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި ދެ ރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ސަރުކާރުގެ މުހިއްމު ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.





