Monday, November 2
ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތުގައި ތާރު އެޅުމުގެ މަސައްކަތަށް އެ ސަރަހައްދު ޓްރެފިކަށް ބަންދުކުރަނީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އާންމު ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފިއެވެ. މިގޮތުން ބަންދުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ދައްކުވައިދޭ ޗާޓު އާންމުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނެފައިވާ ގޮތުން މި ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 އިން ފެށިގެންނެވެ. މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމްކުރުމާއި، ފެން ހިންދާ ނިޒާމެއްވެސް ޤާއިމްކުރަން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ޑްރެއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ. މިއީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު