Saturday, November 14
އިމިގްރޭޝަންގެ ވަޒީފާއަށް ކުރިމަތިލީ ޖުމުލަ 670 ކެންޑިޑޭޓުން
އިމިގްރޭޝަންގެ 70 ވަޒީފާއަށް 670 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. އިމިގްރޭޝަންގެ 70 ވަޒީފާއަށް ވޯލްކް އިން އިންޓަވިއު ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:30 އާއި ހަމައަށް ހުޅުމާލޭގައެވެ. އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި އިންޓަވިއު ކުރިއަށްގެންދިއުމުގެ އެ މުއައްސަސާގެ 80 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މިފަހަރު ވަޒީފާއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގައި ހުންނަ އިމިގްރޭޝަންގެ އެކި އޮފީސްތަކުގައި ދައުރުވާ ގޮތަށް ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ދެ ޓާމިނަލް އާއި ސީޕޯޓު އަދި ވިސާ ސާވިސްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. މިއީ އިމިްގރޭޝަންއަށް މުވައްޒަފުން ނެގުމަށް މިގޮތަށް ކުރިއަށް ގެންދެެވުނު ދެވަނަ އިންޓަވިއުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު