Saturday, November 14
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

މާލޭ އެމްޕީއެލް ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 15:44 ހާއިރު ކަމަށާއި، މި ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހީން ކަމަށް ވާއިރު، ކޮޅުވެއްޓިގައި ތިބީ ޖުމުލަ 14 މީހުން ކަމަށާއި، އެ އެންމެންވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ނަމަވެސް މީގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސްއޫދު ހޮސައިން (32 އ) އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ދިވެއްސަކަށްވެސް ބޮޑެތި އަނިޔާތަކެއްވެ، ހާލު ސީރިއަސް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު