Monday, November 2
ވީއައިއޭގެ ފިނި ހޫނުމިން ބަހައްޓަން އެންމެ ރަނގަޅީ 20-25 ދެމެދު: ނަޝީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް މިހާރު މާފިނިގަދަކަމަށާއި އެތަނުގެ ފިނިހޫނުމިން ބަހައްޓަން އެންމެ ރަނގަޅީ 20-25 ޑިގްރީގައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފިނިހޫނު މިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އެއީ މާ ބޮޑަށް ފިނިވެފައި އިސްރާފު ބޮޑު ގޮތެއް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، 20އާއި 25 ޑިގްރީ ސެލްސިއަސް އާއި ދެމެދު އެއާޕޯޓުގެ ފިނި ހޫނުމިން ބެހެއްޓުމަކީ ރަނގަޅު ގޮތް ކަމަށެވެ.

 ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމަށްވާ މިދިޔަ ޖުލައި 26ގައި އެއާޕޯޓުގެ އައު ޓާމިނަލް ވަނީ ހުޅުވައިފައެވެ. އާ ޓާމިނަލް ފަރުމާކޮށްފައި ވަނީ، އަހަރަކު7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

ހައި ސީޒަނާއި ދިމާކޮށް ގިނަ އެއާލައިންތަކުގެ ޚިދުމަތް އަންނަނީ އައު ޓާމިނަލް އަށް ބަދަލުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު