Monday, November 2
ސްމާޓް ސިޓީ މިޝަން ގެ ތަމްރީނަކަށް ސިޓީސް މިނިސްޓްރީގެ ޓީމެއް ފުރައިފި

އިންޑިއާ ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ވަފުދެއް އިންޑިއާއަށް  ފުރައިފިއެވެ.

ސިޓޯސް މިނިސްޓަރީން ބުނީ އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ދަތުރުކުރި މި ވަފުދުގައި މިނިސްޓްރީގެ އެކި ޑިޕަރޓްމަންޓްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށެވެ.

މި ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީ.އައި.އޭ)ގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ މި ވަފުދާ ބައްދަލުކުރައްވައި ކާމިޔާބު ދަތުރަކަށް އެދިވަޑައިގަންނަވައިފައެވެ.

ސްމާޓް ސިޓީ މިޝަން ޓްރޭނިންގ ޕްރޮގްރާމް ކުރިއަށްދާނީ މި ނޮވެމްބަރ މަހުގެ 3 އިން 14 އަށް އިންޑިއާގެ އެކި ސިޓީތަކުގައެވެ. ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމަށް އިންޑިއާ ސަރުކާރުން އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު