Saturday, October 31
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ތިން ދުވަހަށް މާލޭ ލޮނުޒިޔާރަތްކޮޅުގައި ކުރިއަށް ގެންދިޔަ މި މުބަރާތުގައި ހަތަރު ކެޓަގަރީއަކުން 33 ކުދިން ބައިވެރިވިއެވެ. މިގޮތުން މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުދިންނާއި، 18 އަހަރުން ދަށުގެ އަންހެން ކުދިންނާއި، 16 އަހަރުން ދަށުގެ ފިރިހެން ކުދިން އަދި 14 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބަޔަށް ބަހާލައިގެންނެވެ.

މިއީ ޖޫނިއަރ ސަރފިންގ މުބާރާތެއްގައި އަންހެން ކުދިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ވެފައިވާ އެސްބަސްވުން ވަނީ މިދިޔަ އަހަރު އާކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ސަރފިންގައި ޒުވާން ހުނަރުވެރިން އުފައްދާ ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު