Saturday, November 14
ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ސިނަމާލެ ބުރިޖު ހައިވޭގައި މިއަދުވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް އަންނަ ފަޅިގައި ދެ ކާރު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިއަދު 16:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި އެކްސިޑެންޓު ހިނގާފައިވަނީ އޯވަރޓޭކްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، ދެ ކާރަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު