Monday, November 2
އިމިގްރޭޝަންގެ 70 ވަޒީފާއަށް 500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައިފި
އިމިގްރޭޝަންގެ 70 ވަޒީފާއަށް  500 އަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. އިމިގްރޭޝަންގެ 70 ވަޒީފާއަށް ވޯލްކް އިން އިންޓަވިއު ކުރިއަށް ދިޔައީ މިއަދު ހަވީރު 4:30 އާއި ހަމައަށް ހުޅުމާލޭގައެވެ. މިފަހަރު ވަޒީފާއަށް ކުދިން ނެގުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގައި ހުންނަ އިމިގްރޭޝަންގެ އެކި އޮފީސްތަކުގައި ދައުރުވާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ދެ ޓާމިނަލް އާއި ސީޕޯޓު އަދި ވިސާ ސާވިސްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެކަކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ މިއީ އިމިްގރޭޝަންއަށް މުވައްޒަފުން ނެގުމަށް މިގޮތަށް ކުރިއަށް ގެންދެެވުނު ދެވަނަ އިންޓަވިއުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު