Monday, November 2
ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 8:32ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ 33 އަހަރުގެ ފިރިހެން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މީހާއާ ގުޅޭ އަދި މިހާދިސާގެ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާނުކުރެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު