Saturday, November 14
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ދޭ އެވޯޑުތަކަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އިނާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޞިއްޙީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި އިނާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ޑަބްލިޔުއެޗްއޯ އިން ވަނީ 2025 ނޮވެންބަރު 13 ވަނަ ދުވަހާ ހިސާބަށް އިތުރުކޮށްފައެވެ.

މިގޮތުން ޑަބްލިޔުއެޗްއޯ އިން ވަނީ ހަ އެވޯޑަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. އެއީ:

  1. އިހްސާން ޑޮގްރަމަސީ ފެމިލީ ހެލްތު ފައުންޑޭޝަން ޕްރައިޒް
  2. ސަސަކަވާ ހެލްތު ޕްރައިޒް
  3. ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
  4. ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ދަ ޕްރޮމޯޝަން އޮފް ހެލްތީ އޭޖިންގ"
  5. ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
  6. ނެލްސަން މަންޑެލާ އެވޯޑު ފޮރ ހެލްތު ޕްރޮމޯޝަން

ޞިއްޙީ ވުޒާރާއިން ބުނީ މި އިނާމުތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން ހުށަހެޅެނީ އެއް ފަރާތުގެ ނަން ކަމަށާއި، ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ.

ވީމާ، މި އިނާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 13 ނޮވެންބަރު 2025 (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން ޞިއްޙީ ވުޒާރާގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އީމެއިލް މެދުވެރިކޮށްވެސް އެ ޑިވިޜަނަށް ފޯމު ހުށަހެޅޭނެއެވެ.

މި އިނާމުތަކާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް މި ލިންކުން ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު