Saturday, November 14
ސާފު ތިމާވެށި މަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، "ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު" ގެ ކުރިއެރުމާއި، އެ މަޝްރޫޢު ނިންމުމާ ގުޅޭގޮތުން ވޯލްޑް ބޭންކްގެ މަންދޫބުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި ވޯލްޑް ބޭންކްގެ ފަރާތުން މިސް ލަން ތި ތޫ ނުގުޔެން ވަނީ މި މަޝްރޫޢުން ހާސިލްކުރެވިފައިވާ މުހިންމު ކާމިޔާބީތަކާއި، ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިއީ މި މަޝްރޫޢުގެ ފަހު ދަތުރުފުޅު ނުވަތަ ފައިނަލް މިޝަންގެ މަޝްވަރާތަކެއް ކަމަށާއި، "ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު" އަކީ ދިވެހިރާއްޖޭގެ ޒޯން 2، 4 އަދި 5 ގެ ރަށްތަކުގެ ކުނި މެނޭޖްކުރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ މަޝްރޫޢެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިގޮތުން މި މަޝްރޫޢުގެ ދަށުން، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެށި ރައްކާތެރިކުރުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، މި މަޝްރޫޢުގެ ދަށުން ކުރެވުނު ކާމިޔާބު މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު