Saturday, October 31
ދ. މީދޫ އާއި ބަނޑިދޫގައި 30 ޓަނުގެ އައިސްޕާންޓް ހުޅުވައިފި

ދ. ބަނޑިދޫ އަދި މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓް 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފިއެވެ. ބަނޑިދޫ އައިސްޕްލާންޓް އަދި އައިސް ސްޓޯރޭޖް ހުޅުވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފްއެވެ.

ދ. މީދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިދެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ.

‏ މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފް އަދި މީދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބައެއް ރަށްރަށުގައި އައިސްޕާންޓް ހުޅިވާ ބިންގާވެސް ވަނީ އަޅާފައެވެ.‏

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު