Saturday, October 31
ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ބީއެމްއެލްއާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ވަޤުފްގެ ދާއިރާއަށް އިންވެސްޓް ކުރުމާ ގުޅޭގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ވަޤުފު މަޝްރޫޢުތައް ފެށުން ލަސްވެފައި ހުރީ ފައިސާ ހަމަނުޖެހުމުންކަމަށެވެ. ނަމަވެސް އެކި ފަރާތްތަކުގެ އެހީއާއެކު މިފަދަ މަޝްރޫޢުތައް ފެށުމުން އިތުރު މަޝްރޫޢޫތައް ކުރިއަށްގެންދިޔުމުގެ ފުރުޞަތުތައް ލިބޭކަމަށެވެ.

ބީއެމްއެލްއާއެކު ވެފައިވާ އެއްބަސްވުމާއެކު އިސްލާމީ އުޞޫލްތަކުގެ ދަށުން ފައިސާ ހަމަޖެހިގެންދާނެކަމަށެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައުޤާފް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަކީ އަމާޒެއްކަމަށެވެ.

މީގެ އިތުރުން ބޭންކާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވަޤުފް މަޝްރޫޢުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށައި އުއްމީދަކީ އަދި އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަޤުފް މަޝްރޫޢުތައް ނިމި މިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސްއިން ވުޒާރާއާއި މެދު ބަހައްޓަވާ ގާތްކަމާއި ވުޒާރާގެ ކަންކަމުގައި ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި އިޖުތިމާޢީ ކުރިއެރުމަށް ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތަކުގައި ޤައުމީ ބޭންކުގެ ގެ ޙައިސިއްޔަތުން ބޭންކުން ބައިވެރިވެ އެހީތެރިކަން ދިނުމަކީ ބޭންކުގެ އަމާޒެއްކަމަށާއި މިއަދު ސޮއިކުރެވިގެންމިދިޔަ ފަހުމުނާމާއަކީ އިސްލާމީ ފައިނޭންސްގެ ދާއިރާއިން އެ ބޭންކު ކުރިއަށް ދިއުމަށް ކަޑައްތު ކުރެވުނު މުހިއްމު ހަރުފަތެއްކަމަށެވެ. މީގެ އިތުރުން އިސްލާމީ ފައިނޭންސް ދާއިރާ ކުރިއަށް ގެންދިއުމަށް ވަޒީރުގެ ފަރާތުން ލިބިގެންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝަރީފް ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކުރައްވާފައެެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު