Monday, November 2
ދައުލަތުގެ ބަޖެޓުން 18 މީޑިއާއަކަށް ފައިސާ ދޫކުރަނީ

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭން އިއުލާނުކުރި ފައިސާއަށް 18 މީޑިއާއެއްގެ ޝަރުތު ހަމަވެ، ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން މިއަދު އިއުލާނުކޮށްފިއެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ޔޫތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި ބަޖެޓުން ދޭ ފައިސާއަށް ޖުމުލަ 18 މީޑިއާއެއްގެ ވަނީ ޝަރުތު ހަމަވެފައެވެ. އެ މީޑިއާތަކަށް ޖުމުލަ ދޫކުރަން ނިންމާފައިވަނީ 27.9 މިލިއަން ރުފިޔާއެވެ.

މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް ވަނީ އާންމުކޮށްފައެވެ. އާންމުކުރި ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ދެވަނައަށް އެންމެ ގިނަ އިން ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އެ ޓީވީއަށް 3 މިލިއަން ރުފިޔާ ލިބެއެވެ. ތިން ވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ އެސްއެސްޓީވީއަށެވެ. އެޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ.

 

އެހެން މީޑިއާތަކަށް ލިބުނު ފައިސާގެ ތަފުސީލު:

  • ވީޓީވީއަށް ތިން މިލިއަން ރުފިޔާ
  • ވީނިއުސް އެމްވީއަށް 1.1 މިލިއަން ރުފިޔާ
  • ވަން އޮންލައިނަށް 1.37 މިލިއަން ރުފިޔާ
  • ވޮއިސް އެމްވީއަށް 1.36 މިލިއަން ރުފިޔާ
  • ދަ ޕްރެސްއަށް 1.34 މިލިއަން ރުފިޔާ
  • ދައުރު ނޫހަށް 1.3 މިލިއަން ރުފިޔާ
  • މިހާރު ނޫހަށް 1.29 މިލިއަން ރުފިޔާ
  • މިހާރު ނޫހުގެ ދަށުން ހިންގާ ދި އެޑިޝަންއަށް 1.17 މިލިއަން ރުފިޔާ
  • ތިލަދުންއަށް 1.2 މިލިއަން ރުފިޔާ
  • އަދަދު ނޫހަށް 1.17 މިލިއަން ރުފިޔާ
  • ތީރު މީޑިއާއަށް 1.14 މިލިއަން ރުފިޔާ
  • ދިޔަރެސްއަށް 1.1 މިލިއަން ރުފިޔާ
  • ގާފު އޮންލައިނަށް އެއް މިލިއަން ރުފިޔާ
  • މާލްދީފް އޮންލައިނަށް 899،197.77 ރުފިޔާ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު