Saturday, October 31
ގުޅިފަޅު ގޯތިތަކާ ހަވާލުވުމުގެ ފަހު ފުރުސަތު!

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއި ކުރުމަށް ފަހު ފުރުސަތު ހައުސިން މިނިސްޓްރީން ދީފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގޯތި ލިބިފައިވާ މީހުން އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް ދީފައިވާކަމަށާއި، އެ މުއްދަތުގައި އެެއްބަސްވުން އަދި ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ މީހުންނަށް އެއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށާއި އެއީ އެންމެ ފަހު ފުރުސަތު ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ މުއްދަތުގައި އެޕޮއިންޓްމަންޓަށް އެދިފައި ނުވާ މީހުންނަށް އެއްބަސްވުމުގައި ސޮއިިކުރުމުގެ ފުރުސަތު ދެން ނުދެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު