Monday, November 2
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ބެޖް ސްކައުޓުންނަށް ތަޢާރަފުކުރަނީ

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ އޮފިޝަލުންނާއި، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާ ދެމެދު، މަސްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ސްކައުޓް ދަރިވަރުންގެ ތެރޭގައި ތިމާވެށި ދިރުވުމުގެ ރޫހު އާލާކޮށް، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ސްކައުޓުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ޚާއްޞަ "5 މިލިއަން ގަސް އިންދުމުގެ ބެޖް" ޕްރޮގްރާމެއް ތަޢާރަފް ކުރުމާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ޓޫރިަމް އިން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި، ގަސް އިންދުމުގެ މުހިންމުކަމާއި، ތިމާވެށި ރައްކާތެރިކުރުމުގައި ޒުވާނުންނަށް އަދާކުރެވޭނެ ދައުރުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. ސްކައުޓް ދަރިވަރުންނަކީ ގައުމީ ޕްރޮގްރާމްތަކުގައި ފަސް ނުޖެހި ބައިވެރިވާ ބައެއް ކަމަށްވުމުން، މި ޕްރޮގްރާމް މެދުވެރިކޮށް ސްކައުޓުންނަށް ތިމާވެށީގެ ހެޔޮ ބަދަލުތައް ގެނައުމަށް ބާރުއެޅުމަކީ މުހިންމު ކަމެއް ކަމަށް ދެފަރާތުންވެސް ފާހަގަކުރިއެވެ.

މި ޕްރޮގްރާމުގެ ދަށުން، ސްކައުޓް ދަރިވަރުންނަށް ގަސް އިންދުމުގެ ހުނަރުތަކާއި، ތިމާވެށި ރައްކާތެރިކުރުމުގެ މައުލޫމާތު ދިނުމުގެ އިތުރުން، ސްކައުޓުންނަށް އަމަލީ ގޮތުން ގަސް އިންދުމުގެ ފުރުސަތުތައްވެސް ލިބިގެންދާނެއެވެ. އަދި އިންދާކޮންމެ ކުއްޖަކަށް ބެޖް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސްކައުޓް ދަރިވަރުންގެ ތަރުބިއްޔަތާއި ތަޢުލީމަށްވެސް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ދެފަރާތުންވެސް ފާހަގަކުރިއެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ވަރަށް މުހިންމު ގައުމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސް އިންދުމުގެ ސަގާފަތެއް އާލާކުރުމެވެ. ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ ބެޖް ޕްރޮގްރާމެއް ތަޢާރަފް ކުރުމަކީ، ޕްރޮގްރާމުގެ އަމާޒުތަކަށް ވާސިލްވުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށް އެޕްރޮގްރާމްގެ އޮފިޝަލުން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު