Monday, November 2
އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި

މޯލްޑިވްސް އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކުރައްވައިފިއެވެ.

އިމިގްރޭޝަނުން މިއަދު އިއުލާންކޮށްފައިވަނީ އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރ ގެ މަޤާމަށް 70 މުވައްޒަފުން ހޯދުމަށެވެ. ދާއިމީ މި މަޤާމްތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ބަލައިގަތުން 01 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 08:30 އިން 16:30 އަށް ޞަލާޙުއްދީން ސްކޫލް (ހުޅުމާލެ ފޭސް 2 ) ގައި އޮންނާނެއެވެ.

އަދި މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 01 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 08:30 އިން 16:30 އާއި ދެމެދު ޞަލާޙުއްދީން ސްކޫލް (ހުޅުމާލެ ފޭސް 2)ގައެވެ.

މި މަޤާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތާޢި އިތުރު ތަފްޞީލް އިމިގްރޭޝަނުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު